logo
Bank of Maldives

Bank of Maldives

ޚަބަރު

ކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

އިސްމާޢިލް ރާތިޢު
9 މާރިޗު 2026 - 06:01
ކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

މިހާތަނަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި، ކ. ހުރާގެ ކަރަންޓު، ފެން އަދި ނަރުދަމާގެ ޚިދުމަތާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ.

މިކަމުގެ އެބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑީރެކްޓަރ، ޑރ. ޢަލީ އަޒްވަރެވެ. އަދި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ފެނަކައިގެ އެމްޑީ ވަނީ، މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅާއެކު، ކ. އަތޮޅުގެ ހުރިހާ ރަށަކީ ސްޓެލްކޯގެ ބެލުމުގެދަށުން ޚިދުމަތް ދެވޭ ރަށްތަކަކަށް ހެއްދެވުމަށްޓަކައި އެޅިގެންދިޔަ ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ބަދަލާއެކު، ހުރާއަށް ދެވެމުން އަންނަ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރެވި، ހުރާއަށް ރަނގަޅު ފެންވަރެއްގައި މި ޚިދުމަތްތައް ދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑީއެމްޑީ ދެއްކެވި ވާހަކަފުޅުގައި ވަނީ، މި އެއްބަސްވުމާއެކު ސްޓެލްކޯއިން އެހެން ރަށްތަކަށް ޚިދުމަތް ފޯރުކޮށްދޭ މިންގަނޑަށް ހުރާގައިވެސް ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެހާ ހިސާބަށް ވާސިލުވުމަށްޓަކައި، އެރަށުގައި ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާ ކަމަށް ޑީއެމްޑީ ދިވާޅުވިއެވެ.

ކ. އަތޮޅުގެ އިތުރުން އއ، އދ އަދި ވ. އަތޮޅު ހިމެނޭހެން ހުރިހާ ރަށެއްގައި ކަރަންޓު، ފެން އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ސްޓެލްކޯއިންނެވެ. މިހާތަނަށް މިސަރަހައްދުގައި ފެނަކައިގެ ދަށުން ހިނގަމުން އައީ ކ. ހުރާގެ ޚިދުމަތްތައް އެކަންޏެވެ. އެހެންކަމުން، މިއަދު އެއްބަސްވެވުނު ގޮތަށް، ސްޓެލްކޯގެ ދަށަށް ހުރާެ ޚިދުމަތްތައްވެސް ބަދަލުކުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް، ހުރާ ދާއިރާގެ މަޖިލީސް މެންބަރު ޑރ. އަނާރާ ނަޢީމް ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިޚަބަރު | 2 ދުވަސް ކުރިންއަބަދުވެސް ރެކޮމެންޑު ކުރަނީ އެނަރޖީ އެފިޝެންޓް އާލާތް ބޭނުންކުރަން: ސްޓެލްކޯޚަބަރު | 3 ދުވަސް ކުރިންސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | 4 ދުވަސް ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 4 ދުވަސް ކުރިން