logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަ

ޒިދާން މުޙައްމަދު
3 ޑިސެމްބަރު 2025 - 16:40
ލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަ

އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ހައްދުންމަތީ ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި، މިރޭގެ ވަގުތެއްގައި ކަރަންޓުގެ ޚިދުމަތްވެސް ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ލ. ގަން ފެނަކަ ބްރާންޗްގައި ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ، ލ. ގަމުގައި ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑުބަޔަކަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ވިޝުއަލް އިންސްޕެކްޝަން އިން ފާހަގަކުރެވުނު ގޮތުން، ގެއްލުން ވެފައިވަނީ 3 އެނެކްސް ގެ ތެރެއިން 1 އިންޖީނަކަށެވެ. މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައިވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ، މިހާރު އެރަށަށް ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ޚާއްސަ ޓީމް ތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށެވެ.

ފެނަކައިގެ ބަޔާނުގައި ބުނީ، މިހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށްވެސް ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ އެމްޑީގެ މަޤާމުން ނަޖާޙް ވަކިކޮށްފިޚަބަރު | 24 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 2 މަސް ކުރިންމާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސަރުކާރު ސްކޫލްތައް އޭސީކޮށް އަންނަ މަހު ނިންމާލަނީޚަބަރު | 2 މަސް ކުރިންފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | 4 މަސް ކުރިން