logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޮކްޓޯބަރު 2025 - 10:26
އެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!

ފެނަކަ ކޯޕަރޭޝަންގެ 2023 ވަނަ އަހަރުގެ އޮޑިޓް ފެށިއިރު، އެ ކުންފުނީގެ 12،000 ޕާޗޭސް އޯޑަރާއި ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތްތައް ސިސްޓަމަށް ނާޅާ ހުރިކަން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވަނީ ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ފެނަކައިގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން، އެ ކުންފުނިން ވަނީ ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހަވާލުކޮށްފައެވެ. މީގެ އިތުރުން، އޭރުގެ ވެރިކަން ކުރި ޕާޓީގެ އިސް ބައެއް މީހުންގެ ހިއްސާ އޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތައް ދީފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކުންފުނިތަކުގެ ކޮރަޕްޝަން މައްސަލަތަކަކީ ހަމައެކަނި އޮޑިޓަކުން ހައްލުކުރެވޭނެ ކަންކަމެއް ނޫން،" ނިޔާޒީ ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނަންސް އިސްލާހުކޮށް، ކުންފުނިތައް ބެލެހެއްޓުމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެނޭޖިންގ ޑިރެކްޓަރުންނާއި ބޯޑުގެ ޒިންމާތަކާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ފަދަ އިދާރާތަކުގެ ދައުރު ބަދަހިކުރަން ޖެހެއެވެ. އަދި ދައުލަތުގެ ކުންފުނިތަކަށް ދޭ ސަބްސިޑީގެ ކަންކަން ވެސް ރަނގަޅަށް ބަލައި، ކުރީގެ އޮޑިޓްތަކުން ފާހަގަވި ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި، މިފަދަ ގިނަ މައްސަލަތައް ހައްލުކުރެވޭނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްގެންނެވެ. އަދި ކުންފުނިތަކުން ރެކޯޑުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އޮޑިޓްތައް ލަސްވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ހިންގާފައި އޮތް ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށްފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓް އާއްމުކުރީ 26 ސެޕްޓެމްބަރ 2025 ގައެވެ.

މި ރިޕޯޓުގައި ބުނީ އެ މުއްދަތުގައި ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުންނެވެ.

އޮޑިޓުން ދެއްކި ގޮތުގައި އެ މުއްދަތުގައި ފެނަކައަށް ސްޕެއާ ޕާޓްސްގެ ބޮޑު ބައެއް ވެސް ގަތީ ވާދަވެރި ބީލަމަށް ހުޅުވައި ނުލަ އެވެ. އެ މުއްދަތުގައި އެ ކޯޕަރޭޝަނަށް ޖުމްލަ 245.1 މިލިއަން ރުފިޔާގެ ސްޕެއާ ޕާޓްސް ގަތް އިރު ބީލަން އުސޫލުން ގަތީ އެންމެ ހަތް ލައްކަ ރުފިޔާގެ ސްޕެއާޕާޓްސް އެވެ.

ފެނަކައިގެ އޮޑިޓުގައި ކޮރަޕްޝަނަށް މަގުފަހިވާ އެ ނޫން ވެސް އެތައް މައްސަލަތަކެއް ބަޔާންކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ. އެކަމު އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެކަމާ އަޅައެއް ނުލެއްވިއެވެ. އެހެންވެ، ފެނަކަ ވައްކަމަކީ އެމްޑީޕީގެ ބޮޑުން ބައިވެރިވުން އޮތްކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. މި މައްސަލާގައި ސައީދުގެ މައްޗަށް ކުށް ސާބިތުވެ މިހާރު ހުރީ ޖަލު ބަންދުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!ޚަބަރު | 5 ދުވަސް ކުރިންއެމްޑީޕީން މަގުމައްޗަށް ނުކުތަސް ކުރީ ސަފުން ފެންނާނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮތް މީހުން: މަމްދޫޙްޚަބަރު | 13 ދުވަސް ކުރިންފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި ޚަބަރު | 15 ދުވަސް ކުރިންފެނަކަ ސައީދު ބުނަނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެކަމަކު ފެންނަނީ އަނދަވަޅެއްގައި އޮތް ކުންފުންޏެއްޚަބަރު | 15 ދުވަސް ކުރިން