logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ޙައްޖުވެރިން ފުރަތަމަފަހަރަށް މަދީނާ އެއަރޕޯޓުން ރާއްޖެއައުމަށް ފުރައިފި

ޝަހްޒާ މުހައްމަދު
13 ޖޫން 2025 - 04:20
ދިވެހި ޙައްޖުވެރިން  ފުރަތަމަފަހަރަށް މަދީނާ އެއަރޕޯޓުން ރާއްޖެއައުމަށް ފުރައިފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދި ޢަރަބިއްޔާއަށް ދިޔަ ޙައްޖާޖީންގެ ތެރެއިން ފުރަތަމަ ފުލައިޓުގެ ޙައްޖާޖީން ރާއްޖެ އައުމަށް މަދީނާ އެއަރޕޯޓުން ފުރައިފިއެވެ.

މިއީ ދިވެހި ޙައްޖާޖީން ޙައްޖުގެ އަޅުކަމަށްފަހު މަދީނާ އެއަރޕޯޓުން ފުރި ފުރަތަމަ ފަހަރެވެ. 230އަށްވުރެ ގިނަ ހާޖީން ފުރާފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ.

ނަމަވެސް މިއަހަރު ޙައްޖުގެ އިންތިޒާމުތައް ފަސޭހަކޮށް، އަދި ޙައްޖާޖީންނަށް ލުއިގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު މަދީނާއިން ރާއްޖެ ދިއުމަށް ފުރުމެވެ. މި ބަދަލު ގެނައި އެއް ސަބަބަކީ، ދިގު ދަތުރުތަކަށްފަހުއާއި، ޙައްޖުގެ އަޅުކަމަށްފަހު ބައެއް ޙައްޖާޖީންނަށް ވަރުބަލިކަން އިހްސާސްކުރެވޭތީ، އެފަރާތްތަކަށް ލުއި ހޯދައިދިނުމަށްކަމަށް ހައްޖުކޯޕަރޭޝަނުންބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަޮލް އެއަރޕޯޓުގައި ޖައްސާނީ މިއަދު މެންދުރު 14:00ގައެވެ. މިދުވަސްވަރު ތަފާތު ބަލިތައް ފެތުރޭތީ ޙައްޖުގެ އަޅުކަން އަދާކޮށް ރާއްޖެ އެނބުރި އަންނަ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއާޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށާއި ހާއްސަކޮށް ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަންފީޒު ކުރާނީ ސަރުކާރުގެ ސިޔާސަތު: އެމްޑީ ޝަކީލްޚަބަރު | މަހެއް ކުރިންޢުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ ޚަބަރު | 2 މަސް ކުރިންޙައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސްޚަބަރު | 2 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ ޚަބަރު | 3 މަސް ކުރިން