logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭޕް ބޭނުންކުރުން އަދިވެސް ނުހުއްޓޭ، 35 މީހަކު ޖޫރިމަނާކޮށްފި

އަޙްމަދު ޒަލީފް
15 ޖޫން 2025 - 12:17
ވޭޕް ބޭނުންކުރުން އަދިވެސް ނުހުއްޓޭ، 35 މީހަކު ޖޫރިމަނާކޮށްފި

ނިމިދިޔަ މޭ މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 35 މީހަކު ޖޫރިމަނާކޮފިއެވެ.

މިމައްސަލަތަކުގައި އެފަރާތްތަށް ޖޫރިމަނާކުރި އަދަދު އެއްލައްކަ ތިރީސްހާސް ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭ މަހު ވޭޕް ބޭނުންކޮށްގެން ޖުމްލަ 13 މީހުން 53,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ވޭޕް ގެންގުޅުނު މައްސަލަތަކުގައި ޖުމްލަ 20 މީހުން ވަނީ 67,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. ފުލުހުން ވިދާޅުވީ މޭ މަހު ވޭޕާ ގުޅޭ އެހެނިހެން މައްސަލަތަކުގައި ޖުމްލަ 2 މީހަކު 10,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަަމަށެވެ.

ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ.

ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެލޫނަކަށް ވަދެ ތަކެއްޗަށް ގެއްލުންދީ މާތާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް ގެ ބާވަތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 19 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ޖަލު ތެރެއަށް ވެއްޓިގެން ފަރުވާ ދެނީޚަބަރު | 20 ގަޑިއިރު ކުރިންހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | ދުވަހެއް ކުރިން