ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ވަރުގަދަކޮށް – ޑރ ވަޙީދު


17 ޖޫން 2025 - 08:40
މިވަގުތު ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި އިންޓަނޭޝަނަލް މޮނެޓަރީ ފަންޑުން އަންދާޒާކޮށްފައިވާ ގޮތުން ރާއްޖޭގެ އިޤުތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކްގައި ބޭއްވި މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއަކީ ސަރަހައްދީ ގޮތުން އެކަނިވެރި ޤައުމެއް ނަމަވެސް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށް ރާއްޖެ ވެފައިވަނީ، އިޤުތިޞާދީ ގޮތުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ތަކުގެ ސަބަބުން ކަމަށްވެސް ޑރ ވަޙީދު ވިދާޅުވިއެވެ.
ރައީސް ވަޙީދު ވިފާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ އިސްލާޙީ މަސައްކަތްތަކާއެކު އިންވެސްޓަރުންނަށް ފަހި މޫސުމީ ބަދަލުތަކަށް ވިލުންތެރި އިތުބާރާއި ހާމަކަން ބޮޑު މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
އިތުބާރުހުރި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
9 މަސް ކުރިން
އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވައިފި
9 މަސް ކުރިން
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި
9 މަސް ކުރިން