logoEN
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

އާމިނަތު ސަފާއާމިނަތު ސަފާ

27 ޖޫން 2025 - 05:23

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ފޭސް 2 ގެ ހިޔާ ޓަވަރު 16 ގައި އެ ހޮސްޕިޓަލުން ހިންގަމުންދާ ޖީޕީ ކްލިނިކަށް ވަގުތީ ގޮތުން ވަނީ ބަދަލުކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ މައްސަލަ ދިމާވީ ކަރަންޓު ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި، މިހާރު މައްސަލަ ހައްލުކުރަން ސްޓެލްކޯ އަދި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.މީގެ އިތުރުން އެންއައިސީޔޫ އަދި އައިސީޔޫގައި ތިބި ބަލިމީހުން އައިޖީއެމްއެޗްއަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ފަރާތްތައް އެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ އެހެން ބައެއް އިމާރާތްތަކަށް ވަނީ ބަދަލުކޮށްފައެވެ.މައްސަލަ ހައްލުކުރުމަށް، ސްޓެލްކޯގެ އެހީތެރިކަމާއެކު މިހާރު އައު ކޭބަލް އަޅާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޓެސްޓިން މަރުހަލާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ހިދުމަތްތައް އާންމު ހާލަތަކަށް ގެނެވޭނެކަމަށް ހޮސްޕިޓަލުން ލަފާކުރެއެވެ. ހުޅުމާލެ ހޮސްޕިޓަލަކީ 100 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

ކޮމެންޓް

871x217_placeholder