ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށްފި


27 ޖޫން 2025 - 07:02
ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ފޭސް 2 ގެ ހިޔާ ޓަވަރު 16 ގައި އެ ހޮސްޕިޓަލުން ހިންގަމުންދާ ޖީޕީ ކްލިނިކަށް ވަގުތީ ގޮތުން ވަނީ ކުރިން ބަދަލުކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ މައްސަލަ ދިމާވީ ކަރަންޓު ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި، މައްސަލަ ހައްލުކުރަން ސްޓެލްކޯ އަދި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން މީގެ ކުރިންވަނީ ބުނެފައެވެ.
މައްސަލައާ ގުޅިގެން އެންއައިސީޔޫ އަދި އައިސީޔޫގައި ތިބި ބަލިމީހުން އައިޖީއެމްއެޗްއަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ފަރާތްތައް އެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ އެހެން ބައެއް އިމާރާތްތަކަށް ވަނީ ބަދަލުކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލަކީ 100 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ.