ޓީމޫ ފަދަ އީކޮމާސް ވިޔަފާރީގެ މުޢާމަލާތްތަކަށް މަހަކު 33.7 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ: ބީއެމްއެލް

.jpg&w=3840&q=75)
30 ޖޫން 2025 - 13:21
ޓީމޫ، އަލީ އެކްސްޕްރެސް އަދި ޝީއިން ފަދަ ބޭރުގެ އީ-ކޮމާސް ވެބްސައިޓުތަކުން، ބީއެމްއެލުގެ ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް މަހަކު 33.7 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ކާޑު ލިމިޓަށް ގެނައި ބަދަލާއެކު، ބޭރުގެ 6 އީކޮމާސް ވެބްސައިޓަކުން ކުރާ ކޮންމެ މުއާމަލާތަކަށް ވަކި އިންސައްތައެއް ނެގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޑޮލަރު ކާޑު ލިމިޓު 500 ޑޮލަރަށް އިތުރުކޮށްފައިވާއިރު، އެ ހަ ވެބްސައިޓުން ކުރާ ކޮންމެ މުއާމަލާތަކަށް، ކުރާ މުއާމަލާތެއްގެ 30 އިންސައްތަ، ފީއެއްގެ ގޮތުގައި ބޭންކަށް ދައްކަން ޖެހޭނެއެވެ. މި ނިންމުމަށް ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
އެކަމާ ގުޅިގެން އިތުރު ތަފްސީލު ދެމުން ބޭންކުން މިއަދު ސޯޝަލް މީޑިޔާގައި ބުނީ، ބީއެމްއެލުގެ ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކަށް މަހަަކު 45 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ ކަމަށާއި، އެ މުއާމަލާތްތަކުގެ ތެރެއިން 75 އިންސައްތަ މުއާމަލާތްތަކަކީ އޮންލައިން އީކޮމާސް މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ މުއާމަލާތްތައް ކަމަށެވެ. އެއީ މަހަކު ގާތްގަޑަކަށް 33.75 މިލިއަން ޑޮލަރެވެ.
އަދި އެ 75 އިންސައްތައިގެ ތިންބައި ކުޅަ އެއްބައި، އެ ބޭންކުން ހޭދަކުރަނީ މިއަދު އެ ބޭންކުން އިއުލާންކުރި ހަ މާޗެންޓުންނަށް ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އެގޮތުން އެ ހަ މާޗެންޓުންނަކީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ބޭންކުން އިތުރަށް ބުނީ، އެ މާޗެންޓުންގެ ތެރެއިން ޓީމޫއަށް އެކަނި ވެސް މަހަކު 7 މިލިއަން ޑޮލަރު އެ ބޭންކުން ހޭދަކުރާ ކަމަށެވެ. އަދި ބޭންކުން މިއަދު ގެނައި ބަދަލުތަކަކީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރަށް، ދިވެހި ރުފިޔާގެ ކާޑުތަކުން 30 އިންސައްތައިގެ ޗާޖުނަގަން ބޭންކުން ނިންމި ނަމަވެސް، ކްރެޑިޓް ކާޑުތަކާއި ޑެބިޓްކާޑުތަކުގެ ތެރެއިން، ޑޮލަރު އެކައުންޓު ހިމެނޭ ކާޑުތަކުން އެ ފީ ނުނަގާނެ ކަމަށް ވެސް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
އިތުރަށް ކިޔާލަން:
BML Debit Card Limit 500 Dollar ah Bodukohfi FacebookViberTelegramXWhatsApp
އިތުރު ލިޔުންތައް

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން
10 މަސް ކުރިން
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި
10 މަސް ކުރިން
ބީއެމްއެލް ގެ ނިންމުން އަނބުރާ ގެނެސްފި
10 މަސް ކުރިން