logo
Bank of Maldives

Bank of Maldives

ޚަބަރު

ހދ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްފި

އަޙްމަދު ޒަލީފް
27 އޯގަސްޓު 2025 - 12:46
ހދ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފިއެވެ. އެގޮތުން، އެ އަތޮޅުގައި އެންމެ ފަހުން މި ހިދުމަތް ފަށާފައި ވަނީ ކުމުންދޫގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތް މިއަހަރު ތެރޭ އެއްކޮށް ނިންމާލާ 100 އަށް ވުރެ ގިނަ އޭޓީއެމް ބެހެއްޓުމަކީ ބީއެމްއެލްގެ އަމާޒެކެވެ. މިއާއެކު މަޝްރޫޢު ނިމުމުން ރަށްތަކުގެ އިޤްތިޞާދު ކުރިއަރައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކް އޮފް މޯލްޑިވްސްއަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ގާއިމުކޮށްފައިވާ ބޭންކެކެވެ. މި ގޮތުން 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 200 އޭޓީއެމް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން އޭޖެންޓު ބޭންކިންގ ޚިދުމަތާއި ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ވެސް ބޭންކުން ފޯރުކޮށްދެއެވެ.

ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42ބްރާންޗް، 156 ސެލްފްސާވިސް ބޭންކިން ސެންޓަރު، 215 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާޑުލިމިޓްގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރާތީ،އެކަަން ނުކުރުމަށް ބީއެމްއެލް އިން އެދިއްޖެވިޔަފާރި | 5 ދުވަސް ކުރިންވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 7 ދުވަސް ކުރިންއަވަސް އެޕުން ޓެކްސީއެއް ބުކްކޮށްގެން ބީއެމްއެލްގެ 250 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވިޔަފާރި | 8 ދުވަސް ކުރިންސިލޯނާއެކު ދިވެހިން ޓެލެތޯން: ގައުމީ ބޭންކުން 25،000 ޑޮލަރުގެ އެހީއެއްޚަބަރު | 12 ދުވަސް ކުރިން