logo
Bank of Maldives

Bank of Maldives

ވިޔަފާރި

އަވަސް އެޕުން ޓެކްސީއެއް ބުކްކޮށްގެން ބީއެމްއެލްގެ 250 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު

އިސްމާޢިލް ރާތިޢު
4 ޑިސެމްބަރު 2025 - 10:42
ބީއެމްއ
ބީއެމްއ

އަވަސް އެޕުން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން، އަވަސް އެޕުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބީއެމްއެލްގެ 250 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަވަސް އެޕް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ޓެކްސީއެއް ބުކްކުރާ ފަރާތްތަކަށް 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާ މި ޕްރޮމޯޝަނުގައި، ބީއެމްއެލްގެ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ބީއެމްއެލް ކާޑެއް ބޭނުންކޮށްގެން ބުކް ކުރާ ކޮންމެ ދަތުރަކާއެކު ގިފްޓް ކާޑު ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ޑްރައިވަރުން ޕްރޮމޯޝަނުގައި ބައިވެރިވާން ކުރަންޖެހޭހާވެސް ކަމަކީ ބީއެމްއެލް ކާޑެއް މެދުވެރިކޮށް ބުކް ކުރާ ރައިޑެއް އެކްސެޕްޓުކުރުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ދެ ޑްރައިވަރުންނަށާއި ދެ ކަސްޓަމަރުންނަށް ގިފްޓް ކާޑު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން މައުލޫމާތުދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ މަންފާ ތިންހާހަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށްވިޔަފާރި | 10 ދުވަސް ކުރިންއިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލްވިޔަފާރި | 17 ދުވަސް ކުރިންތައުލީމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދަތިވާމަނަމަ އަވަހަށް އަންގާ: ބީއެމްއެލްވިޔަފާރި | 23 ދުވަސް ކުރިންބީއެމްއެލްގެ 'ބޭންކް ފަންޑް' ލިބޭ ޖަމިއްޔާތައް ހޮވައިފިޚަބަރު | 24 ދުވަސް ކުރިން