logo
Bank of Maldives

Bank of Maldives

ޚަބަރު

ސިލޯނާއެކު ދިވެހިން ޓެލެތޯން: ގައުމީ ބޭންކުން 25،000 ޑޮލަރުގެ އެހީއެއް

ޢައްފާން މުޙައްމަދު
30 ނޮވެމްބަރު 2025 - 11:28
ސިލޯނާއެކު ދިވެހިން ޓެލެތޯން: ގައުމީ ބޭންކުން 25،000 ޑޮލަރުގެ އެހީއެއް

ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ ޓެެލެތޯންގައި ޤައުމީ ބޭންކް (ބީއެމްއެލް) އިން 25،000 އެމެރިކާ ޑޮލަރުގެ އެހީއެއް ވެދީފިއެވެ.

ބީއެމްއެލްއެލް އިން މި އެހީ ވެދީފައިވަނީ މިހާރު ކުރިއަށްދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ލައިވް ކަވަރޭޖްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެތޯންގެ ކަވަރޭޖަށް ވަޑައިގެންނެވި ޓީމުގައި އިސްކޮށް ހުންނެވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. ޕީއެސްއެމްގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެ ކުންފުނީޣެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމީން ރަޝީދެވެ.

އެހީ ހަވާލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މި އެހީއަކީ ލަންކާއަކީ ދިވެހިރާއްޖެއާއެކު ވިޔަފާރީގެ ގިނަ ގުޅުންތަކެއް ގާއިމްކޮށް އަދި ބީއެމްއެލްއާއެކު ވެސް ގިނަ މުއާމަލާތްތަކެއް ހިންގާ ގައުމަކަށްވީ ހިނދު، މިފަދަ ދަނޑިވަޅެއްގައި ލަންކާއަށް އެހީވެދީ، މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ވެދިނުމަށް ބީއެމްއެލް އިން ވެދިން އެހީއެއް ކަމަށެވެ.

މި ޓެލެތޯންއަށް ބީއެމްއެލް އިން 25،000 ޑޮލަރުގެ އެހީއެއް ވެދީފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުން އަދި ހެޔޮއެދޭ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވެސް ވަނީ މި ޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

 ހެނދުނު 09:00 ގައި ފެށި މި ޓެލެތޯންއަށް ހަވީރު 04:30 އާ ހަމައަށް 1.4 މިލިއަން ދިވެހި ރުފިޔާ ލިބިފައިވެއެވެ. އަދި 37،448 ޑޮލަރު ވެސް އެހީގެ ގޮތުގައި ލިބިފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ މަންފާ ތިންހާހަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށްވިޔަފާރި | 10 ދުވަސް ކުރިންއިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލްވިޔަފާރި | 17 ދުވަސް ކުރިންތައުލީމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދަތިވާމަނަމަ އަވަހަށް އަންގާ: ބީއެމްއެލްވިޔަފާރި | 23 ދުވަސް ކުރިންބީއެމްއެލްގެ 'ބޭންކް ފަންޑް' ލިބޭ ޖަމިއްޔާތައް ހޮވައިފިޚަބަރު | 24 ދުވަސް ކުރިން