logo
MPL

MPL

ކުޅިވަރު

ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް އިތުރު ފުރުޞަތު ފަހިކޮށްދިނުމަށް ބީއެމްއެލްއިން އެހީވަނީ

މެންދުރު ޓީމް
9 އޭޕްރީލު 2026 - 09:23
ބީއެމްއެލް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ޕާޓްނަރޝިޕް އެއްބަސްވުން ބަދަލުކުރަނީ
ބީއެމްއެލް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ޕާޓްނަރޝިޕް އެއްބަސްވުން ބަދަލުކުރަނީ

ކުޅިވަރުގައި އެންމެން ޝާމިލުވާ މާހައުލެއް ބިނާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) އާއެކު ޕާޓްނަރޝިޕެއް ގާއިމްކޮށްފި އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ކޯޕަރޭޓް ޕާޓްނަރއެއްގެ ގޮތުގައި ބީއެމްއެލް އިން ގާއިމްކުރި މިއެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ޝަރީފް އެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ފަރާތުން ސޮއިކުރެއްވި އެޖަމިއްޔާގެ ޗެއާޕަރސަން އިބްރާހިމް ރަމީޒް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްއޯއެމްއާއެކު ބީއެމްއެލް އިން ސޮއިކުރި މި ޕާޓްނަރޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކުގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން މަޢުލޫމާތުދެ އެވެ.

އަދި ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭނުންވާ އެހީތެރިކަން މި ޕާޓްނަރޝިޕްގެ ދަށުން ބީއެމްއެލް އިން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން މުޖުތަމައުއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށް މިޕާޓްނަރޝިޕްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ބޭންކުން މައުލޫމާތުދެއެވެ.

 ބީއެމްއެލް އިން ބުނީ، މި ޕާޓްނަރޝިޕަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބޭނުންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

 ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮފި ކަމަށްވާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗުއަލް ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ތެރެއިން ބާރުވެރިކުރުވުމެވެ. އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި، ޕާޓްނަރޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 6 ދުވަސް ކުރިންތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލްޚަބަރު | 11 ދުވަސް ކުރިންބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު 9 މަސް: ސާފު ފައިދާ 1.93 ބިލިއަނަށް!ޚަބަރު | 15 ދުވަސް ކުރިން