logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ވިޔަފާރި

ތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބީއެމްއެލް އަށް ޖާގަ ލިބިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޮކްޓޯބަރު 2026 - 03:01
ތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ދުނިޔޭގެ މަޝްހޫރު މަޖައްލާ 'ފޯބްސް' އާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުޅިގެން އަލަށް އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖާގަ ހޯދައިފިއެވެ.

"ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ގެ ނަމުގައި އެކުލަވައިލި މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި ދުނިޔޭގެ 89 ގައުމަކުން 500 ބޭންކް ހިމެނެއެވެ. ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން، ދުނިޔޭގެ ނަން މަޝްހޫރު މާލީ އިދާރާތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ މުއައްސަސާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރޭންކިން އެކުލަވައިލުމުގައި ބޭންކުތަކުގެ ފެންވަރު ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާ ލިބޭ މިންވަރާއި، ކުރިއެރުމާއި އާމްދަނީގެ ފެންވަރާއި، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަމުގެ އިތުރުން އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުގެ މާލީ ރިޕޯޓުތަކަށް ބަލައި ހަ ގިންތިއަކަށް ބަހާލައިގެން އެކުލަވައިލި މި ލިސްޓުގައި ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. މި ޓިއަރގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.

މި ކާމޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ބޭންކުގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއް ކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ކާމިޔާބީން ދައްކުވައިދެނީ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި އެ ބޭންކުގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބެލެންސް ޝީޓުގެ ހަރުދަނާކަމެވެ. އަދި މިއީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުރުން މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލްވިޔަފާރި | ގަޑިއިރެއް ކުރިންބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު 9 މަސް: ސާފު ފައިދާ 1.93 ބިލިއަނަށް!ޚަބަރު | 4 ދުވަސް ކުރިންބީއެމްއެލަށް 9 މަހުގެ ތެރޭގައި 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއްވިޔަފާރި | 4 ދުވަސް ކުރިންބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށްޚަބަރު | 6 ދުވަސް ކުރިން