logo
MPL

MPL

ޚަބަރު

ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް

އައިޝަތު އިނާޝާ
7 އޮކްޓޯބަރު 2026 - 12:33
ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. މީގެއިތުރުން، އެފަދަ ފަރާތްތައް މުޖުތަމަޢަށް ނެރެ އަހުލުވެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ޚާއްޞަ އިސްކަމެއް ދީފަ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ. އަދި މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާޢީ މަޝްރޫޢުތަކަށް ބޭންކުން އަބަދުވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށްޚަބަރު | 2 ގަޑިއިރު ކުރިންއޭޓީއެމް މެދުވެރިކޮށް މަހަކު ނެގޭ ޑޮލަރުގެ ލިމިޓް 3،500 ޑޮލަރަށް ބަދަލުކޮށްފިޚަބަރު | 6 ދުވަސް ކުރިންވަރލްޑް ޓްރެވަލް އެވޯޑްސް 2026ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލްޚަބަރު | 15 ދުވަސް ކުރިންޑޮލަރު ޓްރާންސްފާތަކަށް ހެދަވާ ވަގުތު، އަންނަ ހަފާތާގެ ނިޔަލަށް ހަމައަކަށް އެޅޭނެޚަބަރު | 17 ދުވަސް ކުރިން