logo
Bank of Maldives

Bank of Maldives

ޚަބަރު

ޑޮލަރު ޓްރާންސްފާތަކަށް ހެދަވާ ވަގުތު، އަންނަ ހަފާތާގެ ނިޔަލަށް ހަމައަކަށް އެޅޭނެ

އަޙުމަދު ރިޝާން
20 ސެޕްޓެމްބަރު 2026 - 04:36
ޑޮލަރު ޓްރާންސްފާތަކަށް ހެދަވާ ވަގުތު، އަންނަ ހަފާތާގެ ނިޔަލަށް ހަމައަކަށް އެޅޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވެފައިވާ ގޮތުގައި، ޑޮލަރު ޓްރާންސްފަރތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަކަށް ގެނެވޭނެއެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް %33.33 ގެ އިތުރުވުމެކެވެ. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވުމުގެ ސަބަބުން، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓީޓީއާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ފުރިހަމަކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފه‌އެވެ. އެހެންކަމުން، ޑޮލަރު ލިބޭ މިންވަރާއި ހޭދަވާ މިންވަރު މެނޭޖުކުރުމަށްޓަކައި، ބޭންކުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައިވާކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. އަދި މިހާރު ދިމާވެފައިވަނީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށާއި، މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށްވެސް އެ ބޭންކުން ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު ޓްރާންސްފާތަކަށް ހެދަވާ ވަގުތު، އަންނަ ހަފާތާގެ ނިޔަލަށް ހަމައަކަށް އެޅޭނެޚަބަރު | ގަޑިއިރެއް ކުރިންސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބީއެމްއެލް އާ އެއްވެސް ގުޅުމެއް ނެތްޚަބަރު | 16 ގަޑިއިރު ކުރިންމެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ޚިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލްވިޔަފާރި | 2 ދުވަސް ކުރިންޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ މަންފާ ތިންހާހަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށްވިޔަފާރި | 24 ދުވަސް ކުރިން