logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބީއެމްއެލް އާ އެއްވެސް ގުޅުމެއް ނެތް

އަޙުމަދު ރިޝާން
19 ސެޕްޓެމްބަރު 2026 - 13:26
ސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބީއެމްއެލް އާ އެއްވެސް ގުޅުމެއް ނެތް

 

 

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެގޮތުން، އެސްބީއައިގެ 150 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިޔަން ޑޮލަރު މިމަހުގެ 17 ވަނަ ދުވަހު ވަނީ ދައްކާ ޚަލާސްކޮށްފައެވެ. މި ލޯނު އަނބުރާ ދެއްކުމަށް ބީއެމްއެލްއިން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ބީއެމްއެލްއިން ވަނީ ހަރުކަށިކޮށް ދޮގުކޮށްފައެވެ. އެ ބޭންކުން ބުނިގޮތުގައި މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށާއި، މި ލޯނު ދެއްކުމާއި ބީއެމްއެލްގެ އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތެވެ.

 މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެސްބީއައިއަށް ދެއްކި ފަހު 50 މިލިޔަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ޔަގީންކޮށްދީފައިވެއެވެ.

 ބީއެމްއެލްއަކީ ހަރުދަނާ ގަވަރނަންސާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ، މާލީގޮތުން ވަރުގަދަ ބޭންކެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އާއި މާލީ ހާލަތު މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި، ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ.

 ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، މުޅި މާލީ ނިޒާމަށް އޮންނަ އިތުބާރު ގެއްލިގެން ހިގައިދާނެ ކަމަށް ބީއެމްއެލްއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ކުރިން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބީއެމްއެލް އާ އެއްވެސް ގުޅުމެއް ނެތްޚަބަރު | ގަޑިއިރެއް ކުރިންމެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ޚިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލްވިޔަފާރި | ދުވަހެއް ކުރިންޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ މަންފާ ތިންހާހަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށްވިޔަފާރި | 23 ދުވަސް ކުރިންއިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލްވިޔަފާރި | މަހެއް ކުރިން