ބީއެމްއެލަށް 9 މަހުގެ ތެރޭގައި 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް
9 އޮކްޓޯބަރު 2026 - 03:38

ފާއިތުވި ނުވަމަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.
ބީއެމްއެލްގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް އާންމުކޮށްފައިވާއިރު އެ ރިިޕޯޓުން އެނގޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވެ އެވެ.
ބީއެމްއެލްއަށް މިދިޔަ އަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.53 ބިލިޔަން ރުފިޔާ އެވެ. އެއީ މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހާ އަޅައިބަލާއިރު 26 ޕަސަންޓް ދަށް އަދަދެކެވެ.
ބޭންކުގެ މުޅި ތާރީހުގައިވެސް ފާއިތުވި ނުވަ މަސް ދުވަހަކީ މާލީ ގޮތުން އެންމެ ރަނގަޅު ކާމިޔާބު ހޯދުނު ނުވަމަސް ދުވަސް ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލްގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބުނުއިރު 2025 އަހަރުގެ އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 475.4 މިލިއަން ރުފިޔާ އެވެ.
ބޭންކުން ބުނީ މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިއްމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވެގެން ދިއުމުގެ ސަބަބުން ކަމަށެވެ.
ބީއެމްއެލް އިން ބުނީ މި އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލަނީ ވަރަށް ވަރުގަދަ މާލީ ހާލަތަކަށް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ މޫސުމާއެކު ބޭރު ފައިސާ ލިބޭ މިންވަރުވެސް މިއަހަރު އިތުރުވާނެތީ މުޅި އަހަރުގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ ކަމަށްވެސް ބުންޏެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
