logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ސައްޔިދު ސަލާޙުއްދީން އަށް

މުޙައްމަދު އަފްރާޙް
7 އޭޕްރީލު 2026 - 09:19
ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ސައްޔިދު ސަލާޙުއްދީން އަށް

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފިއެވެ.

އެ ބޭންކުން ބުނީ މިސްކޮލަރޝިޕް ލިބުނީ ސަރފިންގ ގައި ހަރަކާތްތެރިވަމުން އަންނަ ޒުވާން ރާޅާ އެޅުންތެރިއެއް ކަމަށްވާ ސައްޔިދު ސަލާޙުއްދީން އަށް ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދުގެ ޓްރެއިނިންގ ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެ ކަމަށާއި މުބާރާތާއި ޓްރެއިނިންގ އަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްއަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ.

ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއްޚަބަރު | ދުވަހެއް ކުރިންބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފިޚަބަރު | 2 ދުވަސް ކުރިންބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންބީއެމްއެލް އިން ދުނިޔޭގެ ޑެޓް މާކެޓަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި ޚަބަރު | 8 ދުވަސް ކުރިން