logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ 2028 ނިމުމުގެ ކުރިން 3800 ހައުސިންގ ޔުނިޓް ތަރައްގީކުރުން: ޝަރީފް

އައިޝަތު އިނާޝާ
1 އޭޕްރީލު 2026 - 05:14
އަމާޒަކީ 2028 ނިމުމުގެ ކުރިން 3800 ހައުސިންގ ޔުނިޓް ތަރައްގީކުރުން: ޝަރީފް

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 540 ހައުސިގ ޔުނިޓް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށާއި އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން 3800 ހައުސިންގ ޔުނިޓް ތަރައްގީކުރުން ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީއީއޯ ޝަރީފްގެ ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އެފޯޑަބަލް ހައުސިން މަޝްރޫއުއަކީ ދިވެހި ކޮންމެ އާއިލާއަކަށް ބޯހިޔާވަކަން ކަށަވަރު ކޮށްދިނުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި ގައުމީ މަޝްރޫއުއެއް ކަން ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝާރީފް ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާތަނަށް 3260 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީން މިހާރު އިތުރު ހައުސިންގ ޔުނިޓްތައް އެޅުމަށް ބިން ހަމަޖައްސާދީފައިވާކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އެހެންކަމުން ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 540 ހައުސިގ ޔުނިޓް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން ކަމަށެވެ. އަދި މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމްލަ 3800 ހައުސިންގ ޔުނިޓް ތަރައްގީކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިޔުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ދަރަނި އަދާކުރުމަށް ކަސްޓަމަރުންގެ ޑޮލަރު ބޭނުންކޮށްފައެއް ނުވާނެ: ބީއެމްއެލްގެ ސީއީއޯޚަބަރު | 2 ގަޑިއިރު ކުރިން"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއްޚަބަރު | 2 ދުވަސް ކުރިންބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފިޚަބަރު | 3 ދުވަސް ކުރިންބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިން