logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފި

އައިޝަތު ނަޝާ
13 މޭ 2026 - 09:53
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޭންކް ފަންޑަކީ، ޖަމްޢިއްޔާތަކުން ހިންގާ ދެމެހެއްޓެނިވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން 2024 ވަނަ އަހަރު ތައާރަފްކުރި ފަންޑެކެވެ. މި ފަންޑަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބޭންކުން ހުޅުވާލާ ފުރުސަތެއް ކަމަށް ބީއެމްއެލުން ބުނެފައިވެއެެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ 'ބޭންކް ފަންޑު'އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުއެވެ. ބީއެމްއެލުން ބުނީ، ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ، 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތާއި އުސޫލުތައް ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއްވައެވެ.

ބީއެމްއެލުން އިތުރަށް ބުނީ، މި ފަންޑުގެ ދަށުން ހޮވާލެވޭ 5 ފަރާތަކަށް، 200,000 ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާގެ އިތުރުން މުޖުތަމައަށް ފައިދާހުރި އެކި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ޤަބޫލުކުރަނީ ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރާ މަސައްކަތްތަކުން ކަމަށެވެ. އަދި 'ބޭންކް ފަންޑަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ޚިޔާލުތަކާއި މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.

ބޭންކް ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލުން ވަނީ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ތަޢާރަފުކޮށް، އެ ފަންޑުގެ ދަށުން 100 މަޝްރޫޢަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންބީއެމްއެލް އިން ދުނިޔޭގެ ޑެޓް މާކެޓަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި ޚަބަރު | 5 ދުވަސް ކުރިންއެޕްރީލްގެ ނިޔަލަށް ކާޑުތަކަށް 160 މިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލްޚަބަރު | 7 ދުވަސް ކުރިންބީއެމްއެލްގެ ފަންޑްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިޚަބަރު | 10 ދުވަސް ކުރިން