logo
Bank of Maldives

Bank of Maldives

ޚަބަރު

އެޕްރީލްގެ ނިޔަލަށް ކާޑުތަކަށް 160 މިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް

މަރިޔަމް މާޙީ
6 މޭ 2026 - 06:16
ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކަސްޓަމަރުން ކުރާ އެކި މުއާމަލާތްތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު އިތުރުވަމުންދާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް ކާޑުތަކުގެ މުއާމަލާތްތަކަށް 160 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކުން ހާމަކުރި ގޮތުގައި، ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވިއްކި ޑޮލަރުގެ އަދަދުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 390 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 33 މިލިއަން ޑޮލަރެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މި އަދަދު ވަނީ 160 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ 40 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 566 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އެއީ މަހަކު 47 މިލިއަން ޑޮލަރެވެ. ނަމަވެސް 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް މި އަދަދު ވަނީ 296 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއާއެކު، މިއަހަރު މަހެއްގެ މައްޗަށް މި ބޭނުންތަކަށް ވިއްކާ ޑޮލަރުގެ އަދަދު ވަނީ 74 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މީގެ އިތުރުން، ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ހެދުމަށް ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. 2025 ވަނަ އަހަރު ޓީޓީ ހެދުމަށް 175 މިލިއަން ޑޮލަރު (މަހަކު 15 މިލިއަން ޑޮލަރު) ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ އެޕްރީލްގެ ނިޔަލަށް 136 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާއިރު 34 މިލިއަން ޑޮލަރެވެ.

ބޭންކުން ހާމަކުރި މި ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ބޭންކުން ކަސްޓަމަރުންގެ ބޭނުންތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ދިވެހިން ކުރާ ހޭދަ އިތުރުވަމުންދާކަން ރަމްޒުކޮށްދޭ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްރީލްގެ ނިޔަލަށް ކާޑުތަކަށް 160 މިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލްޚަބަރު | ގަޑިއިރެއް ކުރިންބީއެމްއެލްގެ ފަންޑްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިޚަބަރު | 3 ދުވަސް ކުރިން ބީއެމްއެލްއިން އެސްއެމްޔޫ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިންގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 10 ދުވަސް ކުރިން