logo
ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

އައިޝަތު އިނާޝާ
14 މޭ 2026 - 10:16
ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށެވެ.

މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް: ޝަރީފް

ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންބީއެމްއެލް އިން ދުނިޔޭގެ ޑެޓް މާކެޓަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި ޚަބަރު | 6 ދުވަސް ކުރިންއެޕްރީލްގެ ނިޔަލަށް ކާޑުތަކަށް 160 މިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލްޚަބަރު | 8 ދުވަސް ކުރިން