logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބީއެމްއެލް އާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމުން ރާއްޖޭގެ އިޤްތިސާދަށް ވެސް އޭގެ ގެއްލުން ވާނެ: ޝަރީފް

އައިޝަތު ނަޝާ
2 އޭޕްރީލު 2026 - 06:31
ބީއެމްއެލް އާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމުން ރާއްޖޭގެ އިޤްތިސާދަށް ވެސް އޭގެ ގެއްލުން ވާނެ: ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މަޝްރޫއުތަށް ކާމިޔާބު ކަމާ އެކު ހިންގަމުން ދިޔަނަމަވެސް،ބޭންކަށާއި، ބޭންކުގެ ކަސްޓަމަރުންނަށް ގެއްލުންވާނޭހެން ދޮގު ވާހަކަތަށް ފެތުރުމުން އޭގެ ގެއްލުން ލިބޭނީ ހަމައެކަނި އެ ބޭންކަށް ނޫން ކަމަށާއި، ރާއްޖޭގެ މުޅި އިޤްތިސާދަށް އޭގެ ގެއްލުން ވާނެ ކަމަށް ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ  މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ރޭ ބެއްވި ބީއެމްއެލްގެ އައު ބްރާންޗް ނެޓްވޯކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރީފް އިތުރަށް ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ފަތުރަމުންދާ އެއް ވާހަކައަކީ ، ބޭންކަށް ޓީޓީ ނުފޮނުވޭ ވާހަކަ އާއި އަދި އެ ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން(އެންއޯޕީ) ދަށް ވާހަކަ ކަމަށެވެ. އެހެންނަމަވެސް އެ ބޭންކުގެ އެންއޯޕި މިހާރު ހުރީ މީގެކުރިން ނެއް ވަރަށް ހަރުދަނާވެ އަދި އެންމެ ރަނގަޅު މިންގަނޑެއްގައި ކަން ޝަރީފް ވަނީ ވިދާޅުވެފައެވެ.

"ހުރިހާކަމެއް ޑިޖިޓަލް ވެފައިވާ ޒަމާނެއްގައި އަޅުގަނޑުމެން ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ އަޅުގަނޑުމެން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއްނޫން.އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތަށް ޤާއިމްކޮށް ކަސްޓަމަރުންނަށް ވީހާވެސް ގާތުން ޙިދުމަތް ދިނުމަށް ބޭންކުގެ ޓީމުތަށް ރުކުރުވާލުން" ބީއެމްއެލް ގެ ސީއީއޯ މުހައްމަދު ޝަރީފް

އަދި އެ ބޭންކުގެ އެމްއެމްއޭގައި ހުރި ރިޒާވް ވެސް ހުރީ ވަރަށް ރަނގަޅު މިންވަރެއްގައި ކަމަށާއި، އެ ބޭންކުން މިއަދާ ހަމައަށް ނުފޮނުވާ ހުރި އެންމެ ޓީޓީއެއް ވެސް ނުހުންނާނެ ކަަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ޤަބޫލުކުރެވޭ ގޮތުގައި މިފަދަ ވާހަކަތައް އެ ދައްކަނީ އެ ބޭންކަށް މި ދަނޑިވަޅުގައި ގެއްލުން ދިނުމުގެ ބޭނުމުގައި ކަމަށާއި،މީގެ ގެއްލުން ލިބޭނީ ހަމައެކަނި ބޭންކަށް އެކަނި ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ސައްޔިދު ސަލާޙުއްދީން އަށްޚަބަރު | ދުވަހެއް ކުރިންބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފިވިޔަފާރި | ދުވަހެއް ކުރިންބީއެމްއެލް އާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމުން ރާއްޖޭގެ އިޤްތިސާދަށް ވެސް އޭގެ ގެއްލުން ވާނެ: ޝަރީފްޚަބަރު | 6 ދުވަސް ކުރިންއަމާޒަކީ 2028 ނިމުމުގެ ކުރިން 3800 ހައުސިންގ ޔުނިޓް ތަރައްގީކުރުން: ޝަރީފްޚަބަރު | 7 ދުވަސް ކުރިން