logo
Bank of Maldives

Bank of Maldives

ޚަބަރު

ވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއު

ޒިދާން މުޙައްމަދު
5 ޑިސެމްބަރު 2025 - 14:43
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝުޖާއު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝުޖާއު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"ވާނުވާ ބަންދު" ތައާރަފުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.


"ވާނުވާ ބަންދު" އުވާލުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ލީޑަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވަމުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ޝުޖާއު ވިދާޅުވީ، އެންމެ ފުރަތަމަވެސް "ވާނުވާ ބަންދު" ތަޢާރަފްކޮށް މިބަންދުގައި ރައްޔިތުން ބައިތިއްބަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދު ކަމަށެވެ. "ފަސް މިނިޓުން މިކަން ހައްލު ކުރެވެން އޮތް" ކަމަށް ވިދާޅުވާ ޕީއެންއެފްގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި މިކަން ވީއިތުރު ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް "ވާނުވާ ބަންދަށް" ހައްލެއް ހޯދުމުގެ ވިސްނުންފުޅުވެސް ނުގެންގުޅުއްވާ ކަމަށާއި ބަދަލުގައި ކުރެއްވި ކަމަކީ "ވާނުވާ ޖަހަމުން ޖަހަމުން" ގެންދެވުން ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ވާނުވާ ބަންދުގެ" ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމް ޖުޑިޝަރީއަށް ފަހިކޮށް ދެއްވުން ކަމުގައި މެމްބަރު ޝުޖާއު ވަނީ ސިފަކުރައްވާފައެވެ.

ބާރަށު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި، ފަސް މިނެޓުން މިކަން ހައްލުކޮށްދެއްވަން ވިދާޅުވި ރައީސްގެ ވެރިކަމުގައި ކްރިމިނަލްކޯޓްގެ ސީލިންގ ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށެވެ. ވިދާޅުވީ، [ރައީސް ޔާމީން] ފަސް މިނެޓް އިންނެވީ ތާސްކުޅުެއްވުމުގައި ކަމުގައެވެ.

މީގެ އިތުރުން، މެމްބަރު ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލާގައި، ކޯޓްތަކުގެ ފަނޑިޔާރުން ވިދާޅުުވަމުން ގެންދެވީ މަސައްކަތްކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދަވަން ދަތިފުޅު މައްސަލައެއް ކަމުގައެވެ.

އެހެން ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ "ވާނުވާ ބަންދަށް" ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ވަޢުދާއެކުގައި ކަމަށާއި ހައްލަކީ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލަކާއި ވަޞީލަތް ކަމަށް ދެނެވަޑައިގެން ކަމަށް މެމްބަރު ޝުޖާއު ވިދާޅުވިއެވެ.

ހައްލަކީ މާލީ މިނިވަންކަން ފާހަގަކުރައްވައި ވިދާޅުވީ، ރައީސްގެ ވަޢުދާ އެއްގޮތައް މިކަން ޖުޑިޝަރީއަށް މިހާރު ފަހިކޮށްދެއްވާފައިވާ ކަމުގައެވެ.


މީގެ އިތުރުންވެސް ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ޤާނޫނާ ޤަވައިދުގެ ތެރެއިން "ވާނުވާ ބަންދުގައި" ތިބި ބައެއް މީހުން ޓެގް އަޅުވައި ބަންދުން ވީއްލާފައި މިހާރުވެސް ތިބޭނެކަން ފާހަގަކުރެއްވިއެވެ.

މެމްބަރު ޝުޖާއު ވަނީ ފަސް މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވާ ރައީސް ޔާމިނަށާއި އެމްޑީޕީގެ ދެ ވެރިކަމުގެ ދެ ރައީސުންނަށް މިވަރުވެސް ކޮށްނުލެވުން ކަމަށް ވިދާލުވެފައެވެ. ވިދާޅުވަނީ، މާތްاللهގެ ހެޔޮރަހްމަތާއެކު މިކަން ހެޔޮނިޔަތުގައި ހައްލު ކުރައްވާނީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީން ތަޖުރިބާ ކުރަމުން އަންނަ އުނދަގޫ ދުވަސްތަކުން އަރައިގަތުމާމެދު ޝައްކެއް ނުކުރަން: ރައީސް ނަޝީދުޚަބަރު | 6 ދުވަސް ކުރިންރައީސް ނަޝީދަށް އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއްޚަބަރު | 7 ދުވަސް ކުރިންމާލެ މީހުންނަށް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި: ރައީސް ނަޝީދުޚަބަރު | މަހެއް ކުރިން