ފުއްގިރި މައްސަލައިގެ ހުކުމް މި މަހުގެ 29 އަށް ތާވަލުކޮށްފި
14 އޮކްޓޯބަރު 2026 - 06:01

ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމި، މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވަން ތާވަލުކޮށްފިއެވެ.
އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ދެ ފަރާތުން ވަނީ މައްސަލައާ ގުޅޭ މުހިންމު ކަންކަން ފާހަގަކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދައުލަތުން ބުނިގޮތުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ނުފޫޒު ފޯރުވައިގެން ހޯއްދަވާފައިވާ ފައިސާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނަކީ އެ މަނިކުފާނު އަންގަވައިގެން ކުރައްވާފައިވާ ކަންކަން ކަމަށެވެ. މީގެއިތުރުން، އެ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށް ދިފާއުން ބުނާއިރު، އެ ޑޮލަރުތަކަށްވާ ދިވެހި ފައިސާ ދިޔައީ ކޮންތާކަށްތޯ ދައުލަތުން ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވީ އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާއަކު އަސާސެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހުގެ ސައްޙަކަމާމެދު ދިފާއުން ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ 11:00 ގައި ކަމަށެވެ.

-01.jpg&w=3840&q=75)
