logo
MPL

MPL

ޚަބަރު

ރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން، ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ: ޝުޖާއު

އަޙުމަދު ރިޝާން
12 އޮކްޓޯބަރު 2026 - 06:53
ޝުޖާއު
ޝުޖާއު

 ރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން ކަމަށާއި ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މިމަޝްރޫއުއާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މަޝްރޫއުގައި ކަންބޮޑުވުންތަކެއް ހުރި ނަމަ ވާހަކަ ދައްކައިގެން އެ ކަމެއް ދެނެގަނެވިދާނެ ކަމަށެވެ. އަދި ސިޔާސީ މީހުންނަކީ ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓްތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަންޖެހޭ މީހުން ކަމަށް ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު ވިދާޅުވީ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ނިންމާފައިވާ މަޝްރޫއު ރަނގަޅު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެއީ އެ ޕާޓީގެ ބަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި ބަހުސްކޮށްފައި ވަނީ  ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލާއި އެ ބިލާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލަށެވެ. ނަމަވެސް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ރަސްމާލެ މަޝްރޫއާ ބެހޭ ގޮތުން ވެސް ބަހުސް ކުރައްވަވާފަ އެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން، ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ: ޝުޖާއުޚަބަރު | ގަޑިއިރެއް ކުރިންރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއުޚަބަރު | 15 ދުވަސް ކުރިންއެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | 25 ދުވަސް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | މަހެއް ކުރިން