logo
MPL

MPL

ޚަބަރު

ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ސެޕްޓެމްބަރު 2026 - 12:57
ޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދައްކަވާ ވާހަކަފުޅުތަކަށް އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް ހިނިވަރުނަ ކުރައްވާ ކަމަށާއި، ރާއްޖޭގެ އިލްމީ ގިނަ ބޭފުޅުން އެމަނިކުފާނަށް މަލާމާތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނަށް ފާޅުގައި ނުފެނުނު ނަމަވެސް އެމަނިކުފާނުގެ ވާހަކަތަކަށް އެމްޑީޕީ އާއި ޑރ. ޖަމީލުމެން ހިނިވަރުނަ ކުރައްވާ ކަމަށެވެ. އަދި ދިވެހިން ޤައުމުގެ ވެރިކަމުގެ ތަހުތަށް އިންތިޚާބު ކުރި ވެރިއެއްގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފަނޑިޔާރު ގެއާއި އެގޭގެ ފުރާޅަށާއި، އެތަނުގައި ތިއްބެވި ބޭފުޅުންނަށް ހެދިގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. މީގެއިތުރުން، ޤާނޫނު ހަދާ މަޖިލީހާއި އެގެވަށައިގެން ރައީސް ޔާމީންގެ އަމުރަށް ހިންގި ކަންކަމާއި، ޕްރޮސެކިއުޓަރ ޖެނެރަލްއަކު ހޮވުމަށް އުޅުއްވި ގޮތާއި، މިނިވަން މުއައްސަސާތަކާއި އެމަނިކުފާނާ ދެކޮޅަށް ޚަބަރު ފަތުރާ މީޑިއާތަކަށް ހެއްދެވި ގޮތް އިލްމީ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

View post on Twitter

 

މީގެއިތުރުން، ކުރިން ރައީސް ޔާމީން ހިންގެވި ޖަރީމާތަކުގެ ވާހަކަ ދެއްކި ފަރާތްތައް ކަމަށްވާ އެމްޑީޕީ އާއި ޑރ. ޖަމީލުމެން މިއަދު އެ ވާހަކަތައް ނުދައްކަވާކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނަށް ކުރެވިފައިވާ ކަންކަމުގެ ހަނދާންތައް އެމަނިކުފާނަށް އަލުން ހަނދާންކޮށްދޭން ޖެހުމަކީ ހިތާމައެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫއުން ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް: ޝުޖާއުޚަބަރު | 24 ދުވަސް ކުރިންފުއްގިރި މައްސަލައިގެ ހުކުމް މި މަހުގެ 29 އަށް ތާވަލުކޮށްފިޚަބަރު | މަހެއް ކުރިންރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން، ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ: ޝުޖާއުޚަބަރު | މަހެއް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | މަހެއް ކުރިން