logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ސެޕްޓެމްބަރު 2026 - 11:45
ރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއު

 

އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރާއްޖެ ނާށިގަނޑު ހިފައިގެން ސަލާންޖަހަން އުޅުމަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ އެއް ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން އަންނަނީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި ގުޅިގެން ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ހިންގަން ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ވެސް ހިންގޭނެ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢު ހިންގާ ޔޫއޭއީގެ ކުންފުންޏަކީ ޑައުންޓައުން ދުބާއީ އާއި އެނޫންވެސް ކާމިޔާބު އެތައް މަޝްރޫޢުތަކެއް ހަގީގަތަކަށް ހެދުމުގެ މައި ހިއްސާދާރު މުޙައްމަދު އަލައްބާރުގެ ކުންފުންޏެވެ. މި ކުންފުންޏާއެކު މިފަދަ ބިޔަ މަޝްރޫޢުއެއް ކާމިޔާބުވާނެކަމުގެ ބޮޑު ޔަގީންކަމާއެކު އިދިކޮޅުން ވަނީ މި މަޝްރޫޢު ފެއިލްކޮށްލުމުގެ މަސައްކަތް ފަށާފައެވެ.

އެކަމަށް ރައްދުދެއްވައި ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވިސްނުމަކީ އަބަދާ އަބަދު މި ގައުމު ނާށިގަނޑު ހިފައިގެން ސަލާންޖަހަން އުޅުން ކަމަށެވެ. އަދި ގައުމަށް ކުރިއެރުމެއް ލިބެން އުޅޭ ކޮންމެ ވަގުތަކު އެ ޕާޓީން އެފަދަ ކަންކަން ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ދިވެހި ރައްޔިތުން މިއަދު ވިސްނަންވީ ގައުމާމެދު ކަމަށާއި، ފުއްދުންތެރިކަން ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެއިތުރުން، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގައި ރައީސް ޑރ. މުޢިއްޒު ސާބިތުވެ ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު މި ސަރުކާރުން ދިވެހިރާއްޖޭގެ ހަރުމުދާ ނުވިއްކާ، ދިވެހީންނަށް މި ރާއްޖެއިން ހައްގުވަނީ ކިހާ މިންވަރެއްކަން ބުނެދޭނެ،" ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރު ދެމިއޮންނާނީ އަބަދުވެސް ރައްޔިތުންނާއެކު ރައްޔިތުންގެ ފަޅީގައި ކަން ފާހަގަކުރައްވަމުން، ފާފު އަތޮޅަށް ޖެހި ސަކަރާތް މިފަހަރު ޖެހިޔަ ނުދޭނެ ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއިން ޕްރޮޕަޓީ ގަތުމުން އޮޓޮމެޓިކުން ވިސާއާއި ވާރުތަ މުދާ ލިބޭނެތަ؟ ހަގީގަތް މިއޮތީރިޕޯޓް | ގަޑިއިރެއް ކުރިންރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއުޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | 10 ދުވަސް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | 16 ދުވަސް ކުރިން