logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2026 - 15:07
އެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢު

އެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕީއެންސީ ސަރުކާރުން މިއަހަރުގެ މިހާތަނަށް 18 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށެވެ. މިއީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ކަމަށާއި، އޭގެ ތެރެއިން ބޮޑު ބަޔަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ލޯނުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ލޯނުތަކުން ކުރި ކަމެއް ފެންނަން ނެތް ކަމަށާއި، ހުރިހާ ލޯނު އެޕްރޫވަލްއެއް ދިނީ ރައީސް މުޙައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު މިހެން ވިދާޅުވެފައިވާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއީ 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް 50 މިލިއަން ޑޮލަރުގެ ޓީ-ބިލްތަކެއްގެ ގޮތުގައި ނަގާފައިވާ ދަރަންޏެކެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 އިން 2023 އާ ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުންނެވެ.

މި ދަރަނި ދެއްކުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، "މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި، 150 މިލިއަންގެ ދަންތުރައިން، އަޅުގަނޑުމެން ރައްޔިތުން ސަލާމަތްކޮށް މި ނިންމުނީ،" ކަމަށެވެ. އަދި މި ސަރުކާރު ފެށުމަށްފަހު ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ޖަނަވަރީ މަހު ދައްކައި، ބާކީ ބައި އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްގެން ފިޔަވަހިތަކަކަށް ބަހާލައިގެން ދައްކައި ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެފައިވާ ގޮތުގައި، އިތުރު ދަރަންޏެއް ނެގުމަކާ ނުލައި މި ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް މަހު ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނެއެވެ. މި އަދަދަކީ ފާއިތުވި ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބަޔާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | ގަޑިއިރެއް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | 6 ދުވަސް ކުރިންޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއުޚަބަރު | 12 ދުވަސް ކުރިންރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢުޚަބަރު | 14 ދުވަސް ކުރިން