ޝަމްއާންގެ ޝަރީއަތް ކުރިއަށް، އެކަކު ކުށަށް އިއުތިރާފުވެ އެއްބަސްވުން ހަދައިފި


30 ޖޫން 2025 - 16:59
ބިދޭސީއެއްގެ އަތުން ފައިސާ ނަގައި، އެ މީހާ ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ ތިން އޮފިސަރުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ފޭރުމުގައި ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑްރިންގެ ދައުވާ ވަނީ އުފުލާފައެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވާ އިމިގްރޭޝަން އޮފިސަރުންގެ ތެރެއިން އަހުމަދު ލައްސާން ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެއްބަސްވުމެއް ހަދާފައިވާތީ އޭނާގެ ބައި ވަކިން ކުރިއަށް ގެންދަން ވަނީ ފަށާފައެވެ.
ޝަމްއާނާއި، ދެން ދައުވާކޮށްފައިވާ މުހައްމަދު އަލްސަން އިސްމާއިލްގެ އަޑުއެހުން މިއަދު ބޭއްވުނު ނަމަވެސް، މައްސަލައިގެ ލިޔުންތައް އަދިވެސް ލިބިފައިނުވާތީ ދައުވާ އިއްވުމަށް އެހެން އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ޝަމްއާން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށް އިރުޝާދު ދީ، އޭނާގެ އަތުން 500،000 ރުފިޔާ ނެގުމަށް އަންގާފައެވެ. މި ފައިސާގެ ތެރެއިން 400،000 ރުފިޔާ ޝަމްއާން ބަލައިގަނެ، އޭގެ ބައެއް ބޭނުންކޮށްގެން ދެ ސްޓޫޑަންޓް ލޯނަށް ފައިސާ ދައްކާފައިވެއެވެ.
އިތުރު ލިޔުންތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
10 މަސް ކުރިން
އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
10 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
10 މަސް ކުރިން