logoEN
ޚަބަރު

އަނެއްކާ ވެސް ލުޔެއް: ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

01 ޖުލައި 2025 - 12:41

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އުސޫލަށް ބަދަލުގެނެސްފިއެވެ.

ބޭންކުން މިއަދު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރާއި ހަމައަށް ފައިސާ ނަގައި ޕޭމެންޓް ހެދޭނެ ކަމަށާއި، އެކަން ކުރެވޭނީ ބީއެމްއެލް ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށެވެ.

އަދި މި ލިމިޓު ހަމަޖައްސަން ބޭނުންވާ ރުފިޔާ، ޑެބިޓު ކާޑުން ސެޓެލް ކުރެވޭނެ ކަމަށާއި، މި 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ވެސް މުއާމަލާތްތައް ހިންގޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި ދިވެހީން ދިރިއުޅޭ ޤައުމުތަކުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށް ވެސް ބޭންކުން މިއަދު ބުންޏެވެ.

މީގެ އިތުރުން، ބޭންކުގެ ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ލިމިޓަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި، ދަރިވަރުން އޭޓީއެމްއިން ފައިސާ ނެގުމުގެ ލިމިޓު އަދި ފީއަށް ވެސް ބަދަލެއް ނާންނަ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުން އެފަދަ ބަދަލެއް ގެނެސްފައިވަނީ އިއްޔެ އެ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައިވަނިކޮށެވެ. އެގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް އިއްޔެ ވަނީ ބޮޑު ކޮށްދީފައެވެ.

އަދި ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދު މަހަކު 125 ޑޮލަރަށް ލިމިޓުކުރަން ބޭންކުން ނިންމިއިރު، ކޮންމެ ޓްރާންސެކްޝަނަކުން 10 ޑޮލަރުގެ ފީއެއް ނަގަން ބަދަލު ކުރުމަށް ވެސް ބޭންކުން އިއްޔެ ނިންމިއެވެ.

ކޮމެންޓް

871x217_placeholder