logo
Bank of Maldives

Bank of Maldives

ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށް ކަނޑުތަކުގެ ދުޅަހެޔޮކަން ވަރަށް މުހިންމު: ނައިބު ރައީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
2 ޖުލައި 2025 - 07:33
އެފްއެފްޑީ 4ގެ ހަވާސާ އިވެންޓުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެފްއެފްޑީ 4ގެ ހަވާސާ އިވެންޓުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދެމެހެއްޓެނިވި ތަރައްޤީއަށް ކަނޑުތަކުގެ ދުޅަހެޔޮކަން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފްއެފްޑީ 4)ގެ ހަވާސާގައި ބޭއްވި ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމުގެ މައިގަނޑު މަސްދަރު ކަމަށާއި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ބިނާވެފައިވަނީ، ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތަފާތު އަދި ޚާއްޞަ ސިފަތަކުގެ މައްޗަށް ކަމަށެވެ.

އަދި ރާއްޖޭގައި މުރަކަ ހުދުވުމުގެ ހާދިސާތައް އިތުރުވަމުންދާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑިކަމުގައިވަ "ކަނޑުގެ ދިރުން" ތައް ހިމާޔަތް ކުރަން އެކަށީގެންވާ ފައިސާ ނުލިބޭކަމުގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މުރަކަ ހިމާޔަތްކުރުމަށް، އިންޝުއަރެންސް އިނީޝިއޭޓިވް މިހާރު ތައާރަފްކުރެވިފައިވާ ކަމަށާއި، މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ރިސްކް އަގުކުރުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މާލީ އެހީގެ ޒަރީޢާއިން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް، މާލީއެހީ ހޯދުމަށް ހުރި ހުރަސްތައް ފޫބެއްދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

406253_f1f36d99-1_.jpg

 

ނައިބު ރައީސް ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ބްލޫ އިކޮނޮމީގެ ތެރޭގައި ހިންގާ ކުދި، އަދި މެދުފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް ބޭނުންވާ މާލި އެހީ ލިބުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން މީގެސަބަބުން ލޯނު ދޫކުރުމުގައި ހުރި ހިރާސްތައް ކުޑަކުރެވި، ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުވެ، ވުނަކުރުމަށް މާލީދާއިރާއިން ފުރުސަތުތައް އުފެއްދުމަށްވެސް މަގުފަހިވާނެ ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ނާޒުކުކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވަނީ އެ ޤައުމުތަކަށް ތަރައްޤީއަށް ބޭނުންވާ މާލީ އެހީ ލިބުމަކީ އެ ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ފާހަގަކުރައްވާފއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދުނިޔޭގެ މާލީ އެހީގެ ނިޒާމު އިޞްލާޙުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފްއެފްޑީ 4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ނައިބުރައީސް ހުޅުއްވައިދެއްވައިފިޚަބަރު | 6 ދުވަސް ކުރިންސުލްހަވެރި އެއްވުމެއްގެ ނަމުގައި އެމްޑީޕީން ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބުރައީސްޚަބަރު | 9 ދުވަސް ކުރިންސަޢޫދީ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 3 މަސް ކުރިންއިންޑިއާ ސަފީރު, ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 3 މަސް ކުރިން