logo
Bank of Maldives

Bank of Maldives

ޚަބަރު

ސުލްހަވެރި އެއްވުމެއްގެ ނަމުގައި އެމްޑީޕީން ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބުރައީސް

އައިޝަތު ނަޝާ
4 އޮކްޓޯބަރު 2025 - 12:51
ސުލްހަވެރި އެއްވުމެއްގެ ނަމުގައި އެމްޑީޕީން ހިންގީ ނިރުބަވެރި ހަރަކާތެއް: ނައިބުރައީސް

ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން މާލޭގެ މަގުމައްޗަށް ނުކުމެ، ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ހިންގީ ނިރުބަވެރި ހަރަކާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ ހަރަކާތަކީ ސުލްހަވެރި އިހުތިޖާޖުކުރުމުގެ ނަމުގައި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް ރާވައިގެން ހިންގި ހަރަކާތެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، އެ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. 

އަދި އެ ހަރަކާތަކީ ގާނޫނު އަސާސީއާއި ގާނޫނުތައް ހުއްދަކުރާ އިންތައް ގިރާކޮށް، ގާނޫނީ ވެރިކަމާ ދެކޮޅަށް ރޭވިގެން ހިންގި ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބުރައީސް ސިފަކުރެއްވިއެވެ.

އަދި ފުލުހުންގެ އެއްބާރުލުން ލިބިގެން، ފުލުހުންގެ އިރުޝާދާއެކު ކުރިއަށްގެންދެވެން އޮތް ހަރަކާތެއް، ރައްޔިތުން އެއްތަންކޮށް ފުލުހުން ދީފައިވާ އިރުޝާދާ ޙިލާފަށް ހަރަކާތް އަނބުރާލައި އެތައް ރައްޔިތަކަށް ގެއްލުންވާނެ ގޮތަށް އެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ގަސްތުގައި ހުށަހެޅުމަކީ އެމްޑީޕީގެ ވެރިން ހިންގި ފިނޑި އަމަލެއް ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.

މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ޤަބޫލުކުރައްވާކަމަށާއި އެ ހަރަކާތް ރޫޅާލައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ ސުލްހަވެރިކަން ދެމެހެއްޓުމަށް ފުލުހުން ރޭ ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވަމުން ނައިބުރައީސް ވެސް ވަނީ ފުލުހުންނަށް ޝުކުުރު އަދާކުރައްވާފައެވެ. 

ފުލުހުން ރޭ ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވާ ސިޔާސީ އެކި ބޭފުޅުން ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި އެއްވުމުގެ ވަކި ހިސާބަކުން، އެމްޑީޕީގެ ލީޑާޝިޕްގެ ކޮމާންޑާ އެއްގޮތަށް މަގުމައްޗަށް ނުކުމެ، ހުއްދަދީފައިވާ ރޫޓާ ޚިލާފަށް ކުރިއަށްދާން މަސައްކަތްކޮށް ފުލުހުންނާ ވަނީ ކުރިމަތިލާފައެވެ. އަދި ފުލުހުންނަށް އަމާޒުކޮށް އެކިއެކި އެއްޗެތި އުކައި، ފުލުހުންގެ ބައެއް އާލާތްތައް ގަދަކަމުން އަތުލައި ގެއްލުންދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން 25 އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިޚަބަރު | ދުވަހެއް ކުރިންވަޒީރު އިޙްސާންއާއި ސީޕީއާއެކު ފުލުހުންގެ ބަދަހި ސަފުތައް ދައްކާލައިފިޚަބަރު | ދުވަހެއް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ލަންދޫ މީހެއްގެ ބަންދަަށް 30 ދުވަސްޚަބަރު | 2 ދުވަސް ކުރިން