logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ޢައްފާން މުޙައްމަދު
14 އޮކްޓޯބަރު 2025 - 18:31
ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް- އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި 12 މީހަކު ފުރުން މަނާކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު، އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލަ، މި މަހުގެ ނުވަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ މިހާރު އެ މުއައްސަސާއިން ތަހުގީގުކުރަމުން އަންނައިރު، މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާނެ ކަމަށާއި، މި މައްސަލައިގައި ހަތަރު މީހަކު މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ، މި މައްސަލައާ ގުޅިގެން، އެކަން ރާވައި، ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ މީހުންކަމަށް ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވެފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް އޮފިސަރެއްގެ އިތުރުން، އިތުރު މީހަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން މިރޭ ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައި ފާސްކޮށްފައިވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާއިރު، ތަހުގީގުގެ ތެރެއިން ލިބޭ މިންވަރަކުން އިތުރު މައުލޫމާތު ފޯރުކޮށްދެމުންދާނެކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | 11 ގަޑިއިރު ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | 18 ގަޑިއިރު ކުރިންނިމިދިޔަ މަހު ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި 407,000 ރުފިޔާގެ ޖޫރިމަނާޚަބަރު | 2 ދުވަސް ކުރިން4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީޚަބަރު | 2 ދުވަސް ކުރިން