logo
MPL

MPL

ޚަބަރު

އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ބައްދަލުކުރި މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އައިޝަތު ނަޝާ
14 އޮކްޓޯބަރު 2025 - 15:29
 އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ބައްދަލުކުރި މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ބައްދަލުކުރި މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޠާރިޤެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ޓީމު ބައްދަލުކުރި މި މެޗު ނިމިގެންދިޔައީ 3 - 0 ގެ ނަތީޖާއަކުން ތަޖިކިސްތާނު ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވެ، 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނައިގައެވެ.

މި މެޗަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ސަލާންކުރައްވައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި މިވަގުތު ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ރާއްޖެއެވެ. ރާއްޖެއިން ވަނީ 2011 ވަނަ އަހަރު މާލޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ. އަދި ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 4 މެޗުންވެސް އެ ޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަންކަޕް ކޮލިފަޔަރސްގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ތައިލެންޑަށް ފުރައިފިކުޅިވަރު | ގަޑިއިރެއް ކުރިންގައުމުތަކަށް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސްޚަބަރު | ދުވަހެއް ކުރިންއުފެއްދުންތެރި އެތައް ވިސްނުންތަކެއް މައުރަޒުން ފެނިއްޖެ: ނައިބު ރައީސްޚަބަރު | 11 ދުވަސް ކުރިން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައި: ނައިބު ރައީސްޚަބަރު | މަހެއް ކުރިން