logo
MPL

MPL

ޚަބަރު

އުފެއްދުންތެރި އެތައް ވިސްނުންތަކެއް މައުރަޒުން ފެނިއްޖެ: ނައިބު ރައީސް

އައިޝަތު ނަޝާއައިޝަތު ނަޝާ
26 އޮކްޓޯބަރު 2026 - 06:51
އުފެއްދުންތެރި އެތައް ވިސްނުންތަކެއް މައުރަޒުން ފެނިއްޖެ: ނައިބު ރައީސް

ރާއްޖެއިން މިހާތަނަށް ނުދެކޭފަދަ އުފެއްދުންތެރި ވިސްނުންތަކެއް ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ފެނިފައިވާ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އިފްތިތާހް ކުރުމަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ރޭ ބޭއްވި ރަސްމިއްޔާތަށްފަހު މައުރަޒުގެ ބައެއް ސްޓޯލްތައް ބައްލަވާލެއްވުމަށްފަހު މެންދުރު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބް ރައީސް ހުސައިން ވިދާޅުވީ މައުރަޒުގެ ތެރެއިން އުފެއްދުންތެރި އެތައް އެއްޗެއް ފެނުނު ކަމަށާއި ރާއްޖޭގައި އުފެއްދުންތެރި ވިސްނުންތަކެއް ހުރި ގިނަ ބަޔަކު ތިބި ކަމީ އުފާވެރިކަމުގެ އިހްސާސް ކުރެވޭ ކަމެއް ކަމަށެވެ.

ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން އެ މީހުންގެ އުފެއްދުންތައް އެހެން މީހުންނަށް ދައްކާލުމުގެ ފުރުސަތަކަށް ބޭނުންވެފައި ތިބި މިންވަރު މިއަހަރުގެ މައުރަޒުގެ ތެރެއިން ފެނިގެން ގޮސްފައިވާ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ. މައުރަޒުގައި ދިވެހިންގެ އުފެއްދުންތަކުގެ ގޮތުގައި ހުށަހަޅާފައިވާ މަސައްކަތްތަކަކީ އެންމެން ވެސް އުފާކުރަންޖެހޭ ވަރުގެ ރަނގަޅު އުފެއްދުންތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ރާއްޖޭގައި އުޅޭ ފަންނުވެރި މީހުންނަށް މިފަދަ މައުރަޒެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރުވެސް ދަންނަވާފައެވެ. އަދި މިއީ ދިވެހިންނަށް ބޭނުންތެރި ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ އަށް އިޚްސާސްވެ ވަޑައިގެން، މި ފުރުސަތު ހުޅުއްވައިދެއްވުމަކީ ހަޤީގަތުގައި ދިވެހިންނަށް މިކަމުގެ ތެރެއަށް ވަދެވުނު އެންމެ މުހިއްމު ސަބަބު ކަމުގައިވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

" މިތަނަށް ބަލާލީމަ ވަރަށް ބައިވަރު ބޭފުޅުން ޒިޔާރަތް ކުރަމުންދާ މަންޒަރު ފެނިގެން މި ދަނީ. އެހެންވީމަ ރައީސް ބޭނުންފުޅުވެލައްވައިގެން އެމަނިކުފާނަށް އެކަން އިހްސާސް ކުރެވިގެން ދިވެހީންގެ ތެރޭގައި މިފަދަ އެތައް ބޭފުޅުންތަކެއް ތިއްބެވިކަން އެނގިވަޑައިގެން މި ފުރުސަތު ހުޅުވާދެއްވީ. އެހެންވީމަ އިރާދަކުރެއްވިއްޔާ މީ ފެށުމެއް. މިކަން ރައިސް މުއިއްޒުގެ ޒައާމަތުގަ ފުޅާ ކޮށް ކުރިއަށް އޮތަތާގަ ވެސް ކުރިއަށް ގެންދާނެ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މިއަހަރުގެ މައުރަޒުގެ ބައިވެރިން އަންނަ އަހަރު އާ އުފެއްދުންތަކަކާ އެކު މައުރަޒުގައި ބައިވެރިވި އިތުރު ކާމިޔާބީތައް ހޯދުމަށް އެދިވަޑައިގެންފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުފެއްދުންތެރި އެތައް ވިސްނުންތަކެއް މައުރަޒުން ފެނިއްޖެ: ނައިބު ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކްރިއޭޓަ ހަބް ޑިސެމްބަރު މަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު ސައީދުޚަބަރު | 3 ގަޑިއިރު ކުރިންފޯރިގަދަ ހަރަކާތްތަކަކާއެކު އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 އިފްތިތާޙުކޮށްފިޚަބަރު | 22 ދުވަސް ކުރިން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައި: ނައިބު ރައީސްޚަބަރު | 25 ދުވަސް ކުރިން