logo
MPL

MPL

ޚަބަރު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައި: ނައިބު ރައީސް

އަޙުމަދު ރިޝާން
1 އޮކްޓޯބަރު 2026 - 14:02
 ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައި: ނައިބު ރައީސް

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ އެ ޤައުމުގެ ނައިބު ރައީސް ހަންގް ޒެންގް އަށާއި ޗައިނާގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައިވާ ގާތް އެކުވެރިކަމާއި، އިތުބާރާއި، ދެނެގަތުމުގެ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ޗައިނާގެ ޤައުމީ ދުވަހަކީ 1949 ވަނަ އަހަރު 23 އަހަރުވީ ދާޚިލީ ހަނގުރާމައަށްފަހު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުތަކަށް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސްޚަބަރު | 17 ދުވަސް ކުރިންއުފެއްދުންތެރި އެތައް ވިސްނުންތަކެއް މައުރަޒުން ފެނިއްޖެ: ނައިބު ރައީސްޚަބަރު | މަހެއް ކުރިން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައި: ނައިބު ރައީސްޚަބަރު | 2 މަސް ކުރިންވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމަށް، ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފިޚަބަރު | 2 މަސް ކުރިން