logo
MPL

MPL

ޚަބަރު

ގައުމުތަކަށް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސް

އަޙުމަދު ރިޝާން
5 ނޮވެމްބަރު 2026 - 06:48
ގައުމުތަކަށް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސް

ދެމެހެއްޓެނިވި ގޮތެއްގައި ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ގައުމީ މަސްލަހަތުތަކަށް އިހުތިރާމްކޮށް، ކޮންމެ މެންބަރު ގައުމަކަށްވެސް އެގައުމެއްގެ ތައްރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންޖެހޭނެ ކަމަށް ނައިބު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަންގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމީ ލަނޑުދަނޑިތަކަށް އިހުތިރާމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އަށަގެންނެވުމަށާއި، ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން އަމަލީ ގޮތުން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ހައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. ކޮމަންވެލްތު ވަރުގަދަވުމަކީ ގައުމުތަކުގެ އަމިއްލަ ބާރާއި ގާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކަފުޅުގައި ރާއްޖެއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ މުހިންމު އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒު ތަކުރާރުކުރެއްވިއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައް ފާހަގަކުރެއްވި އެވެ. މި ލަނޑުދަނޑިތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ބައެއްކަން ބަޔާންކުރައްވަމުން، ގައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ހައްގުވާ ބަޔަކީ ރައްޔިތުން، އަދި ހާއްސަކޮށް ޒުވާނުންކަމުގައި ވިދާޅުވިއެވެ. ޒުވާނުންނަށް ހުނަރާއި، އިލްމާއި، ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވަރު ހަގީގަތަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުތަކަށް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސްޚަބަރު | 36 މިނިޓު ކުރިންއުފެއްދުންތެރި އެތައް ވިސްނުންތަކެއް މައުރަޒުން ފެނިއްޖެ: ނައިބު ރައީސްޚަބަރު | 10 ދުވަސް ކުރިން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އާ އުސްމިންތަކަކަށް ގޮސްފައި: ނައިބު ރައީސްޚަބަރު | މަހެއް ކުރިންވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމަށް، ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފިޚަބަރު | މަހެއް ކުރިން