ކްރިއޭޓަ ހަބް ޑިސެމްބަރު މަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު ސައީދު
26 އޮކްޓޯބަރު 2026 - 05:42

މާލޭގެ ޗާންދަނީ މަގުގައި އިމާރާތްކުރާ 11 ބުރީގެ ކްރިއޭޓަރ ހަބް އިމާރާތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެެއްޖެއެވެ.
ކްރިއޭޓަރ ހަބަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބަލަހައްޓާ މިއިމާރާތް ޑިޒައިންކޮށް އިމާރާތްކުރުމަށް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑަށެވެ.
ކްރިއޭޓަރ ހަބަކީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 1500 އަކަފޫޓޫގެ ޖާގައެއްގައި ހަދަމުންދާ އިމާރާތެކެވެ.
މޯލްޑިވްސް އެކްސްޕޯ އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށްފަހު މެންދުރު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ކްރިއޭޓަރ ހަބަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތައް މާކެޓް ކުރުމަށް ލިބިގެންދާ ޖާގައެއްގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ދައްކާލުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފުރީގައި ކުރިން ޖާގަ ވަރަށް ދަތިކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޑިއުޓީ ފްރީގެ ޖާގައަށްވެސް 3 ގުނަ އިތުރަށް ޖާގަ ހަމަޖައްސަދީފައި ކަމަށެވެ. ބޭނުމަކީ ދިވެހިންގެ އުފެއްދުންތައް މާކެޓް ކުރުމަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމުގައި ވިދާޅުވި އެވެ.
"މިދިޔަ އަހަރު ދުނިޔޭގެ އެންމެ ވަރުގަދަ މާކެޓިންގ އެއް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ.ކޮމް ގައި ރާއްޖޭގެ އުފެއްދުންތައް މާކެޓްކުރެވޭނެ ގޮތް އެ ވަނީ ހަމަޖައްސާފަ.400 އެއްހާ ވިޔަފާރި ހިމެނޭ އޮތެންޓިކް މޯލްޑިވްސް ގައި ރަޖިސްޓްރީ ކޮށްގެން ހަމަ މާރކެޓް ކުރަންވީ. ވަރަށް ފަހުން ޕޭޕަލް ގެ ހިދުމަތް ރާއްޖެއަށް ތައާރަފް ވެގެން އެ ދިޔައީ.އަދި ބީއެމްއެލް ގެ ސްއައިޕް ގެ ހިދުމަތް ފުޅާ ދާއިރާއެްގަ މިހާޜު ވެސް އެބަ ލިބޭ. އެހެންވީމަ ވަރަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރު އައިފަހުން ކުރެވެމުން މިދަނީ"ވަޒީރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާން ވިޔަފާރި ވެރިންނަށް ދިމާވާ ދަތިތައް ވަރަށް ފަރުވާތެރިކަމާއެކު ހައްލުކޮށްދީ ޒުވާނުން ކުރިއަށް ދިއުމަށް ވީހާވެސް ގިނަ މަގުތައް ސަރުކާރުން ހުޅުވައިދޭނެ ކަމަށެވެ. އެހެންކަމުން ޒުވާނުން އުފައްދާ ތަކެތި އުފެއްދުމަށް ހިތްވަރު ދިނުމުގައިވެސް އަދި އެފަދަ ތަކެތި ބާޒާރަށް ނެރުމުގައިވެސް ވަރަށް ބިނާކުރެނިވި މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
