logo
Bank of Maldives

Bank of Maldives

ޚަބަރު

ބީސީސީގެ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް މާޙީ
23 ޖޫން 2026 - 06:43
ބީސީސީގެ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން، ޒުވާނުންގެ މެދުގައި ވިޔަފާރީގެ ރޫޙު އާލާކުރުމަށް ބީސީސީން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި އީޖާދީ އައު ވިޔަފާރި ޚިޔާލުތައް ހުށަހެޅުމުގެ މައިދާނެއް ތަނަވަސްކޮށްދިނުމެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ޓީމެއްގައި ދެ މެންބަރުން ހިމެނޭ ގޮތަށެވެ. ބީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 10 ޓީމަށެވެ. އެހެންކަމުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް ހުށަހަޅާފައިވަނީ 10,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއީ ޒުވާން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އައު ޚިޔާލުތައް އަމަލީ ސިފައެއްގައި ފެށުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ މަންސަތަކުގައި ޝާއިޢުކޮށްފައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ބީސީސީއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ މުހިންމު ކޯޕަރޭޝަނެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީސީސީގެ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 73 ގިންތިއަކުން ބައިވެރިވުމުގެ ފުރުސަރު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފިޚަބަރު | 8 މަސް ކުރިންއެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 10 މަސް ކުރިން