logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި

އައިމިނަތު މޫސާ
11 އޮކްޓޯބަރު 2025 - 10:25
އެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި

މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ,  އެމް.އެސް.އެމް.އީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަށް ކަމަށެވެ. އެއީ ޖަޖުކުރެވޭ ގިންތީގެ ދަށުން 13 ދާއިރާއަކާއި، ޕޮޕިއުލާ އެވޯޑްސް ގިންތީގެ ދަށުން 11 ދާއިރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމް.އެސް.އެމް.އީ އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ.

އެމް.އެސް.އެމް.އީ އެވޯޑަށް އެންމެ ފުރަތަމަ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 3 ވީ ބުދަ ދުވަހުން ފެށިގެން މި މަހުގެ 2 ވީ ބުރާސްފަތި ދުވަހުގެ ރޭ 23:59 ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އޮކްޓޫބަރު 9 ގެ ނިޔަލަށް އިތުރުކުރުމަށްފަހު، ބީސީސީން ވަނީ އެސްއެމްއީ އެވޯޑަށް އޮކްޓޫބަރު 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްސަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު، "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025ދިނުމާއި ގުޅޭ އުސޫލު "ގައި ބަޔާން ކޮށްފައިވާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް ކުރުމުން ލިބޭނެ ކަމަށް ބީސީސީން ވަނީ ބުނެފައެވެ.

މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 73 ގިންތިއަކުން ބައިވެރިވުމުގެ ފުރުސަރު ހުޅުވާލައިފިޚަބަރު | 6 ގަޑިއިރު ކުރިންއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފިޚަބަރު | 6 މަސް ކުރިންއެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 7 މަސް ކުރިންފަންނުވެރިންނަށް މާލީ އެހީދޭ ސްކީމަށް ބޮޑު ތަރުޙީބެއްޚަބަރު | އަހަރެއް ކުރިން