logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެމް.އެސް.އެމް.އީ އެވޯޑް 2025އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ސެޕްޓެމްބަރު 2025 - 12:33
އެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ލިމިޓެޑުން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލައިފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބީ.ސީ.ސީން ކުރިއަށްގެންދާ މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބުރަ މަސައްކަތާއި، އެ ވިޔަފާރިތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އިތުރު ހިތްވަރެއް ދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ގިންތީގެ ދަށުން ޖުމްލަ 24 ދާއިރާ އަކުންނެވެ. އެއީ 13 ދާއިރާ ހިމެނޭ "ޖަޖުކުރެވޭ ގިންތި" އާއި، 11 ދާއިރާ ހިމެނޭ "ޕޮޕިއުލާ އެވޯޑްސް ގިންތި" އެވެ.

އެމް.އެސް.އެމް.އީ އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވެބްސައިޓްގައި ހިމަނާފައިވާ އޮންލައިން ޕޯޓަލް https://msme.bcc.mv މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްސަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025 ދިނުމާއި ގުޅޭ އުސޫލު" ގައި ބަޔާންކޮށްފައި ވާއިރު، މި ކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅުއްވައިގެން ނުވަތަ msme@bcc.mv އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 73 ގިންތިއަކުން ބައިވެރިވުމުގެ ފުރުސަރު ހުޅުވާލައިފިޚަބަރު | 6 ގަޑިއިރު ކުރިންއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފިޚަބަރު | 6 މަސް ކުރިންއެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 7 މަސް ކުރިންފަންނުވެރިންނަށް މާލީ އެހީދޭ ސްކީމަށް ބޮޑު ތަރުޙީބެއްޚަބަރު | އަހަރެއް ކުރިން