logo
MPL

MPL

ކުޅިވަރު

އޭޝިއަންކަޕް ކޮލިފަޔަރސްގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ތައިލެންޑަށް ފުރައިފި

މެންދުރު ޓީމް
6 ނޮވެމްބަރު 2026 - 04:31
އޭޝިއަންކަޕް ކޮލިފަޔަރސްގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ތައިލެންޑަށް ފުރައިފި

އޭޝިއަން ކަޕް ކޮލިފަޔަރސްގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ރޭ ތައިލެންޑަށް ފުރައިފިއެވެ.

އޭޝިއަންކަޕް ކޮލިފަޔަރސްގައި ރާޢްޖެ ހިމެމެނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދިވެހިރާއްޖެ ވާދަކުރަންޖެހޭނީ މެޗްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤައުމު ކަމަށްވާ ތައިލެންޑާއި، އިރާޤް، ހޮންގކޮންގ އަދި ޗައިނީޒް ޓައިޕޭއާއެވެ. ތޭވީސް ކުޅުންތެރިންގެ ސްކޮޑާއެކު ޤައުމީ ޓީމަށް އިރުޝާދު ދިނުމަށް ޓީމާއެކު ދަތުރުކުރީ ކޯޗް އިބްރާހީމް ސަޢީދެވެ. މި މެޗްތަކުގެ ކުރިން 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމްވަނީ ފަލަސްޓީނުގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަޙްމަތްތެރިކަމުގެ މެޗްތަކެއް ކުޅެފައެވެ. މި ދެމެޗްވެސް ކާމިޔާބުކޮށްފައިވަނީ ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމެވެ. ފުރަތަމަ މެޗް 5-0ގެ ނަތީޖާއަކުން އެޓީމް ކާމިޔާބުކުރި ިއރު ދެވަނަ މެޗް ކާމިޔާބުކުރީ 3-0 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

އޭޝިއަންކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގެ މެޗްތައް ފަށްޓާނީ މި ނޮވެމްބަރު މަހުގެ 8 ވާ އާދީއްތަ ދުވަހުއެވެ. ޖުމްލަ 7 ގްރޫޕަކަށް ބަހާލައިގެން ގެންދާ ކޮލިފައިން މެޗްތައް 7 ޤައުމެއްގައި ކުރިޔަށްދާނެއެވެ. އެގޮތުން ތައިލެންޑް، މިޔަންމާ، ޔޫއޭއީ، ލާއޯސް، މެލޭޝިއާ، ކިރްގިސްތާން އަދި އޮމާންގައި ކޮލިފައިންގެ މެޗްތައް ކުރިޔަށް ގެންދާނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަންކަޕް ކޮލިފަޔަރސްގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ތައިލެންޑަށް ފުރައިފިކުޅިވަރު | ގަޑިއިރެއް ކުރިންއޭސިއަން ކަޕް ކޮލިފައިންގައި ޕަލަސްޠީނުން އިންޑިއާ ހުއްޓުވައިފިކުޅިވަރު | އަހަރެއް ކުރިން އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ބައްދަލުކުރި މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | އަހަރެއް ކުރިންއޭޝިއަން ކަޕް ކޮލިފައިންއަށް 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ޗައިނާއަށްކުޅިވަރު | 2 އަހަރު ކުރިން