އޭޝިއަން ކަޕް ކޮލިފައިންއަށް 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ޗައިނާއަށް
.jpg&w=96&q=75)
16 އޮކްޓޯބަރު 2024 - 12:28
އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުމަށް 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފިއެވެ.
މި އަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭއެފްސީގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ޗައިނާއަށް ފުރީ މިއަދުގެ ވަގުތެއްގައެވެ. އެ ކޮލިފައިންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ ޗައިނާގެ ޑަލިއަންގައެވެ.

Ad by Hajj Corporation
އެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕު ސީގައި ހިމެނެނީ ރާއްޖެ އާއެކު ފަސް ޓީމެވެ. އެއީ ކޮރެއާ، ޗައިނާ، ބަހްރައިން، ބޫޓާން އަދި ރާއްޖެއެވެ.
އެ ކޮލިފައިންގައި ރާއްޖޭގެ ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު، ބޫޓާން އާ ދެކޮޅަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ބަހްރެއިންއާ ދެކޮޅަށް ކުޅޭނެ އިރު، މި މަހުގެ 23 ވަނަ ދުވަހު ކޮރެއާ އާ ދެކޮޅަށް ރާއްޖެއިން ކުޅޭނެ އިރު، އެންމެ ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ރާއްޖެއިން ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.