logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2025 - 18:44
އެކްސިޑެންޓް ވި އެއް ލޯންޗް، ފޮޓޯ: ޕޮލިސް
އެކްސިޑެންޓް ވި އެއް ލޯންޗް، ފޮޓޯ: ޕޮލިސް

ކުރުނބާ ރިސޯޓް ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް އަންގާރަ ދުވަހުގެ ރޭ ހިނގައިފިއެވެ.

މެރިން ޕޮލިހުން ބުނިގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭ 19:15 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ކޮނޑު ހުޅުން ވަނީ ނެއްޓިފައެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިހުން ހަރަކާތްތެރިވަމުންއަންނައިރު، މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށްވެސް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.

ނަމަވެސް މި އެކްސިޑެންޓް ހިނގި ގޮތުގެ ތަފްސީލާއި، އެކްސިޑެންޓްގައި ޖެހުނު ލޯންޗްތަކަށް ލިބުނު ގެއްލުމުގެ މިންވަރު އަދި ސާފެއް ނުވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބެލުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިޚަބަރު | 5 ގަޑިއިރު ކުރިންސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: 14 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންކާރު ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ޓޯކުރަން ފަށައިފިޚަބަރު | 2 ދުވަސް ކުރިންކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފިޚަބަރު | 2 ދުވަސް ކުރިން