logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް

އައިޝަތު އިނާޝާ
7 އޭޕްރީލު 2026 - 15:48
މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް

މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. މިގޮތުން މިފަދަ ޖުމުލަ 30 މައްސަލައެއް ވަނީ ހުށަހެޅިފައި ކަމަށާއި މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ފުލުހުން ބުނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.

އެންޓި-ސެކޭމް ސެންޓަރުގެ، 2026މާރިޗު 29 އިން އޭޕްރިލް 04 އާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 42 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 322,270.00 ރުފިޔާއެވެ. ނަމަވެސް، އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828.00 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) ވަނީ އަނބުރާ ހޯދިފައި ކަމަށް ފުލުހުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!ޚަބަރު | 2 ގަޑިއިރު ކުރިންޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރަގް ޓެސްޓް ކިޓްތައް ހަވާލުކޮށްފިޚަބަރު | ދުވަހެއް ކުރިންބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިޚަބަރު | ދުވަހެއް ކުރިންމިޔަރެއްގެ ހަމަލާއިން ދިރިއުޅުމަށް ބަނަކަން، ފައިބުރިކޮށްލި ސްޕޭންގެ ޑޮކްޓަރު މަރާ ހަނގުރާމަކުރަނީޚަބަރު | 2 ދުވަސް ކުރިން