logo
MPL

MPL

ޚަބަރު

ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރެއްގެ ފަހަތުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޭޕްރީލު 2026 - 11:14
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމްބިއުލާންްސެއް ބަލިމީހެއް އަރުވަން ތައްޔާރުވެފައި، ފޮޓޯ: އައިޖީއެމްއެޗް
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމްބިއުލާންްސެއް ބަލިމީހެއް އަރުވަން ތައްޔާރުވެފައި، ފޮޓޯ: އައިޖީއެމްއެޗް

މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރެއްގެ ފަހަތުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 07 ވަނަ ދުވަހުގެ މެންދުރުފަހު 14:16 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކުރިއަށް ދިޔަ ކާރުގެ ފަހަތުގައި ޖެހިގެންނެވެ.

އެކްސިޑެންޓްވި ވަގުތު ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެޚަބަރު | 3 ގަޑިއިރު ކުރިންސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިން