logo
MPL

MPL

ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި

އައިޝަތު އިނާޝާ
7 އޭޕްރީލު 2026 - 15:39
ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއާ ބައްދަލުކުރައްވައިފިއެވެ.

 ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަޙްމަދު މުޙައްމަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ތައާރަފުވުމަށާއި ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު، އައްޔަންކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، އައު ކޮމިޝަނަރާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުއައްސަސާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި މުޅި މުއައްސަސާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޙްމަދު މުޙައްމަދަށް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އަމާން އުދަރެސް ޓަވަރަކުން މިއަދު މީހަކު ވެއްޓިއްޖެޚަބަރު | 2 ގަޑިއިރު ކުރިންސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިން