logo
Bank of Maldives

Bank of Maldives

ޚަބަރު

ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2026 - 01:32
ބޯޓު އަޑިއަށް ދިޔަ ސަރަހައްދު، ފޮޓޯ: ޕޮލިސް
ބޯޓު އަޑިއަށް ދިޔަ ސަރަހައްދު، ފޮޓޯ: ޕޮލިސް

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ލ. އޮޅުވެލި ކައިރިން ފަރަކަށް އަރައި އަޑިއަށްދިއުމާ ގުޅިގެން، އެ ބޯޓުން ގެއްލުނު ދިވެއްސަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ރޭ ދަންވަރު ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، "އުދަރެސް" ނަމަކަށް ކިޔާ މި ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކު (ބިދޭސީއެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު އެ ސަރަހައްދުގައި އޮތް ރިސޯޓެއްގެ ދޯންޏަކަށް ނަގައި ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް، މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ގިނަ އަދަދެއްގެ މުދާތައް މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްރިޕޯޓް | ދުވަހެއް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންމާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީޚަބަރު | 2 ދުވަސް ކުރިންއަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީޚަބަރު | 3 ދުވަސް ކުރިން